އައްޑޫސިޓިގައި ކޮވިޑް-19 ގެ ހާލަތު ދެނެގަތުމަށް މި ހަފްތާގައި ރެންޑަމް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.
ހޮސްޕިޓަލުން ބުނެފައިވަނީ ކޮވިޑް-19 ގެ މިހާރުގެ ހާލަތު ދެނެގަތުމަށް މި ހަފްތާގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 16:00 އިން ރޭގަނޑު 20:00 އާ ހަމައަށް ހުރިހާ އަވަށެއްގައިވެސް ގޭގެއަށް ގޮސް ރެންޑަމް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާކަމަށެވެ.
އަދި މިގޮތަށް ރެންޑަމް ސާމްޕަލް ނަގާ ހާލަތު ދެނެގަންނަން ޖެހެނީ މޮނިޓަރިންގެ ހާލަތު ނެގުމުގެ ކުރިން އައްޑޫގެ ހާލަތު ދެނެގަތުމަށް ކަމަށްވެސް ބުނެފައިވެއެވެ.
— Addu Equatorial Hospital (@aeh_mv) June 7, 2021
އިއްޔަ ފެނުނު ޕޮޒިޓިވް ކޭސްއާއެކު ހިތަދޫގައި މިވަގުތު ކޮވިޑްގެ 65 އެކްޓިވް ކޭސް އުޅޭއިރު، ފޭދޫގައި އެއް ކޭސް، ހުޅުދޫގައި 21 ކޭސް އަދި މީދޫގައި އެއް ކޭސް، މަރަދޫގައި 8 ކޭސް އަދި މަރަދޫފޭދޫގައި އެއް ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގައި ކޮވިޑްގެ 98 އެކްޓިވް ކޭސް މިހާރު އެބަ އުޅެއެވެ.