Last Updated: June 28, 12:01
Sunday, June 28, 2026
ޚަބަރު

241 ކޮމިޓީއަށް މައުލޫމާތު ނުދިންކަމަށްބުނެ ސުލޫކީ މައްސަލައެއް ހުށަހެޅުމުން ކަންބޮޑުވޭ: އަސްލަމް

241 ކޮމިޓީއަށް މައުލޫމާތު ނުދިންކަމަށް ބުނެ ސުލޫކީ މައްސަލައެއް ހުށަހެޅުމުން ކަންބޮޑުވާ ކަމަށް 241 ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

241 ކޮމިޓީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ 241 ކޮމިޓީއަށް މައުލޫމާތު ނުދިން ކަމަށްބުނެ ސުލޫކީ ކޮމިޓީއައް މައްސަލައެއް ހުށަހެޅުމުން މެމްބަރެއްގެ ހައިސިއްޔަތުންނާއި 241 ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ކަންބޮޑުވާކަމަށެވެ.

"އަޅުގަނޑަށް ވަރަށް އުނދަގޫ ރޭގެ ދަންވަރުގެ ވަގުތެއްގައި ކުއްލިއަކަށް، ސުލޫކީ ކޮމިޓީއަށް ސަލާމަތީ ހިދުމަތްކަތާ ބެހޭ ކޮމިޓީއަށް ވަކިވުޒާރާއަކުން މައުލޫމާތު ނުދިންކަމަށް، އޭގެ ތަފްސީލެއްވެސް ނެތް އަޅުގަނޑަކީ އެ ކޮމިޓީގަ އިންނަވެސް މީހެއްނޫން، އެކަމު އެފަދަ ސުލޫކީ މައްސަލަ އެއް ހުށަހެޅުނީމަ." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއާ ވެސް ވާހަކަ ދެއްކެވި ކަމަށެވެ. އަސްލަމް ވިދާޅުވީ މިފަދަ ކަންކަން ހިނގާކަމުގައިވާނަމަ އޭގެ އަސަރު އިންކުއަރީއަށް ކުރާނެ ކަމަށެވެ. އަދި އެދެނީ ހުރިހާ ފަރާތްތަކަކުންވެސް އިންކުއަރިއަށް ކަންކަން ފަހިވާނެ ގޮތަށް ކަންކަން ބެހެއްޓުމަށްކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީން އެއްވެސް އިރެއްގައި މަޖިލީހުގެ އިމްތިޔާޒަށް އެއްވެސް ފަރާތަކުން އަރައިގެންފައިވާކަމަށް ނިންމާފައިނުވާނެކަމަށެވެ.

އަސްލަމް މިފަދައިން ވިދާޅުވެފައިމިވަނީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަ އެ ކޮމިޓީން ބޭރުކޮށްލާފައިވަނިކޮށެވެ. އެމައްސަލަ ކޮމިޓީން ބޭރުކޮށްލާފައިވަނީ އެމްޑީޕީގެ މެމްބަރުންގެ ވޯޓާއިވެސް އެކުގައެވެ. އެކަމާ ގުޅިގެން އެމްޑީޕީ އެތެރޭގައި ވަކީ ނުތަނަވަސްކަން އުފެދިފައެވެ.