އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިިންތިހާބުވެގެން ރައްޔިތުންނަށް ލިބޭނެ ފައިދާ އަކީ ކޮބައިތޯ ކުރީގެ އޮޑިޓަރ ޖެނެރަލް ނިޒާމް އިބްރާހިމް ސުވާލު އުފައްދަވައިފިއެވެ.
ނިޔާޒް ކުރައްވާފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، އދ. ގެ އާންމު މަޖިލީހުގެ ރައިސްކަން ކާމިޔާބު ކުރުމަށް ކެމްޕޭނަށް، އިގްތިސާދީ ގޮތުން ދަތި ވަގުތެއްގައި، ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާކަމަށެވެ.
އަދި ނިޔާޒް ވަނީ ވަކިވަކި ފަރުދުން މިކަމާ އުފާފާޅުކުރަންޖެހޭ ސަބަބަކާ މެދު ސުވާލު އުފައްދަވާފައެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ ފައިދާއަކީ ކޮބައިތޯ ސުވާލު އުފައްދަވާފައިވެއެވެ.
During an economically tough time millions of public money has been spent on a campaign. Can @abdulla_shahid @MoFAmv tell me why, as an ordinary citizen, I should be excited about your election to the presidency of UN GA? What benefits will it bring to the people of this country?
— Niyaz Ibrahim (@niyaz_ibrahim) June 7, 2021
އދ ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިހާބުވެފައިވަނީ 143 ގައުމުގެ ވޯޓުންނެވެ. ޝާހިދުއާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި ރަސައުލް އަށް ލިބިފައިވަނީ 48 ވޯޓެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ގޮނޑި ރާއްޖެއިން ކާމިޔާބު ކުރުމަށް ކެމްޕެއިންނަށް ދައުލަތުގެ ބަޖެޓުގައި 4،354،772 ރުފިޔާ ކަނޑައަޅާފައިވެއެވެ.