ހުޅުމާލޭގައި ބުޅަލަށް ހައްސަކޮށް ފެސިލިޓީއެއް ގާއިމު ކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.
މާލެ ސަރަަހައްދުގައި ބުޅާ އިތުރުވެ، ބުޅަލުގެ ސަބަބުން ގިނަ ބަޔަކަށް އުނދަގޫވާ ކަމުގެ ޝަކުވާ ކުރަމުން އަންނައިރު އެޗްޑީސީން އަންނަނީ އެ މައްސަލައަށް ހައްލު ހޯދުމަށް މިިދިޔަ އަހަރުން ފެށިގެން މަސައްކަތް ކުރަމުންނެވެ.
އެގޮތުން 3000 ބުޅާ ގެންގުޅެވޭނެ ފެސިލިޓީއެއް އެޗްޑީސީން ހެދުމަށް ނިންމާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަރުކޮޅުފުށީގެ 790 ސްކެއާ މީޓަރުގެ ބިމެއްގައެވެ. އަދި އެ ފެސިލިޓީގެ އެޗްޑިސީން ހިންގުމަށް ނިންމާފައިވަނީ ސިޓީކައުންސިލާއި ގުޅިގެންނެވެ.
މި ފެސިލީޓީގައި ބުޅަލަށް ވެކްސިން ދެވި ފަރުވާދެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.