އެންވަޔަރަމަންޓް މިނިސްޓަރު ކަމަށް އައްޔަންކުރި އައިމިނަތު ޝައުނާއަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ޝައުނާއަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓުގައި ބައިވެރިވި 57 މެމްބަރުން ވޯޓު ދީފައިވެއެވެ. އަދި ޝައުނާއަށް ރުހުން ދޭން ނުފެންނަ ކަމަށް 8 މެމްބަރުން ވޯޓު ދެއްވިއިރު ވަކިގޮތަކަށް ވޯޓު ނުދީ އެއް މެބަރަކު އިނެވެ.
އެންވަޔަރަމަންޓް މިނިސްޓަރު ކަމަށް ޝައުނާ އައްޔަންކުރީ މެއި ފަސް ވަނަ ދުވަހު އެވެ. ޝައުނާއަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވީ މެއި 18 ވަނަ ދުވަހު އެވެ.
ޝައުނާ އެންވާރަމެންޓް މިނިސްޓަރު ކަމަށް އައްޔަނު ކޮށްފައިވަނީ އެ މަގާމުގައި ހުންނެވި ޑރ. ހުސައިން ރަޝީދު ފިޝަރީޒް މިނިސްޓަރު ކަމަށް ބަދަލުކުރެއްވުމަށްފަހުއެވެ.
ޝައުނާ އެންވާރަމެންޓް މިނިސްޓަރު ކަމަށް އައްޔަނު ކުރެއްވިއިރު، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އުވާލާ އެ މިނިސްޓްރީގެ މެންޑޭޓްވެސް ވަނީ އެންވާރަމެންޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ. މިހާރު އެންވާރަމެންޓް މިނިސްޓްރީގެ ނަމަކީ "މިނިސްޓަރު އޮފް އެންވަޔަރުމަންޓް، ކުލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ" އެވެ.