Last Updated: June 7, 22:00
Monday, June 8, 2026
ވިޔަފާރި

އެސްޓީއޯ "ބޮޑު ސޭލް" ފަށައިފި

އެސްޓީއޯ މަރަދޫފޭދޫ ފިހާރައިގައި ހުރި މުދާތަކެއް މީހަކު ބަލަނީ. ފޮޓޯ/ އަައްޑޫ ލައިވް

އެސްޓީއޯ އިން ކޮންމެ އަހަރަކު އެއް ފަހަރު ކުރިއަށް ގެންދާ "ބޮޑު ސޭލް" ފަށައިފި އެވެ.

މި ސޭލް އައްޑޫގެ އެސްޓީއޯގެ ފިހާރަތަކުން ވެސް މި މަހުގެ 20 އިން އަންނަ މަހުގެ 26 އާ ހަމައަށް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އެސްޓީއޯ އިން ބުނީ މި އަހަރުގެ އަހަރީ "ބޮޑު ސޭލް" ގައި %80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް އެސްޓީއޯގެ ފިހާރަތަކުން ކުރާ ވިޔަފާރިތަކުން ލިބޭނެ ކަމަށެވެ.

އެގޮތުން އެސްޓީއޯ އިން ވިއްކާ ގިނަ އަދަދެއްގެ މުދާ އެކަށީގެންވާ އަގުތަކެއްގައި، ކަސްޓަމަރުންނަށް ފޯރުކޮށް ދޭނެ އެވެ.

މި ސޭލަށް ކޮންމެ އަހަރަކު ވެސް ކަސްޓަމަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ވެސް ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނިން ބުނެ އެވެ.