މާލެސިޓީ ޑެޕިއުޓީ މޭޔަރު ހޮވުމަށް މިމަހު 21 ވަނަ ދުވަހު ޖަލްސާ ބޭއްވުމަށް މާލެސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެސިޓީ ޑެޕިއުޓީ މޭޔަރު ހޮވުމުގެ ޖަލްސާ މިމަހު 21 ގައި ބޭއްވުމަށް ނިންމާފައިވާއިރު 14 ދުވަހުގެ ޏޯޓިސް މިހާރު ވަނީ މެމްބަރުންނަށް ދީފައެވެ. މިވޯޓަކީ ކައުންސިލް މެމްބަރުންގެ މެދުގައި ސިއްރުން ނެގޭ ވޯޓެކެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ބުނެފައިވަނީ މި މަހުގެ 20 ގެ ކުރިން މާލޭގެ ޑެޕިއުޓީ މޭޔަރާއި ރަށްރަށުގެ ކައުންސިލްގެ ނައިބު ރައީސުންގެ އިތުރުން އަންހެނުންގެ ކޮމެޓީގެ ރައީސުންނާއި ނައިބުން އިންތިހާބު ކުރުމަށެވެ.
މާލެސިޓީ ޑެޕިއުޓީ މޭޔަރު ކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ އާއި ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ އިތުރުން މާފަންނު މެދު ދާއިރާގެ މެމްބަރު އަހުމަދު ނަރީޝް އެވެ.