Last Updated: June 28, 10:37
Sunday, June 28, 2026
ޚަބަރު

ރާއްޖެ އަމާން ތަނަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަންޖެހޭ: ޝަފީގް

މެމްބަރު މުހަައްމަދު އަބްދުﷲ ޝަފީގް--

ރާއްޖެއަކީ އަމާން ތަނަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަންޖެހޭ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހަައްމަދު އަބްދުﷲ ޝަފީގް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް ދިރިއުޅޭނެ ރަސްމީ ގެ ކަނޑައެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކާ ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން ޝަފީގް ވިދާޅުވީ މި އިސްލާހު ގެނައުމަށް މެދުވި ސަބަބަކީ 6 މޭގައި ދިން ބޮމުގެ ހަމަލާ ކަމަށާއި، އެއީ ގ. ކެނެރީ ގޭގެ ފެންވަރު ދަށްވެގެން ދިން ހަމަލާއެއް ނޫންކަމަށެވެ.

ބޮމުގެ ހަމަލާ ދީފައިވަނީ ރާއްޖޭގެ ވެރިކަން ކުރާރަށުގެ ބޮޑުމަގުގެ މެދުތެރޭގައިކަން ފާހަގަކޮށް ޝަފީގް ވިދާޅުވީ އެކަމުން އެނގިގެން ދަނީ މި މުޖުތަމައުގެ ނާމާންކަން ކަމަށެވެ.

"މި ނާމާންކަމުން އަޅުގަނޑުމެން ސަލާމަތްނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ރައީސުންނަކަށްވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކަށްވެސް އާންމު ރައްޔިތުންނަކަށްވެސް އެ ރައްކާތެރިކަމެއް ނޯންނާނެ." ޝަފީގް ވިދާޅުވިއެވެ.

ޝަފީގް ވިދާޅުވީ މިސަރުކާރުން ފުރަތަމަ ކޮށްދޭންޖެހިފައި އޮތް ކަމަކީ، މި ރާއްޖެ އަމާންތަނަކަށް ހަދައިދިނުން ކަމަށެވެ. ނާމާން ތަނަކަށް ރާއްޖެ ހެދުމަށްޓަކައި މަސައްކަތްކުރާ މީހުންނަށް ޤާނޫނީގޮތުން އެޅެއް ހުރި ފިޔަވަޅުތައް އަޅަން ޖެހޭކަމަސް ޝަފީގް ވިދާޅުވިއެވެ. އަދި އެ ފިޔަވަޅުތައް ނާޅާހާ ހިނދެއްގައި އެކަމަށް ހައްލެއް ނުލިބޭނެކަމަށްވެސް ޝަފީގް ވިދާޅުވިއެވެ.