Last Updated: June 28, 10:37
Sunday, June 28, 2026
ޚަބަރު

މަޖިލީހުގެ ރައީސަށް ގެކޮޅު ހަމަޖެއްސުމުގެ އިސްލާހު ކޮމިޓީއަށް

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ގެކޮޅު ހަމަޖެއްސުމުގެ އިސްލާހު އިސްލާހުގެ ބިލު ދިރާސާކުރަން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

އެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވަނީ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދެވެ. މި ބިލު މަޖިލީހަސް ބަލައިގަނެފައިވަނީ ވޯޓުގައި ބައިވެރިވި 51 މެމްބަރުންގެ ވޯޓުންނެވެ.

މަޖިލީހުގެ ރައީސް ދިރިއުޅޭނެ ރަސްމީ ގެ ކަނޑައެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކާ ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، މަޖިލީހުގެ ރައީސްއާއި އޭނާގެ އާއިލާ ދިރިއުޅޭނެ ރަސްމީ ގެއަކާއި، އެ ގެއަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި އެ ގެއަށް ހިނގާނެ ހަރަދު ދައުލަތުން ހަމަޖައްސައިދޭންވާނެ ކަމަށެވެ.

މަޖިލީހުގެ ރައީސްގެ އިތުރުން އުއްތަމަފަނޑިޔާރަށްވެސް ގެކޮޅު ހަމަޖެއްސުމަށް ފަނޑިޔާރުންގެ ޤާނޫނަށްވެސް ވަނީ އިސްލާހު ހުށަހަޅާފައެވެ.

މި އިސްލާހުތައް ހުށަހަޅާފައިވަނީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެންނެވެ. އަދި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއެއް މަޖިލީހުގެ 241 ކޮމިޓީން އަންނަނީ ހަދަމުންނެވެ.