Last Updated: June 9, 11:51
Monday, June 9, 2025
ޚަބަރު

މިއަދު ހިފާ އިރުކޭތަ ރާއްޖެއަށް ނުފެންނާނެ: ރައީސް މައުމޫން

މިއަދު ހިފާ އިރުކޭތަ ރާއްޖެއަށް ނުފެންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މިއަދު ހިފާ އިރުކޭތައާ ގުޅޭ ގޮތުން ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ފަލަކީ މާހިރުން ބުނާގޮތުގައި މިއަދު ހިފާ އިރުކޭތަ ރާއްޖެއަށް ނުފެންނާނެ ކަމަށެވެ.

އަދި އެ އިރުކޭތަ ފެންނާނީ އޭޝިޔާގެއުތުރު ސަރަޙައްދަށާއި ޔޫރަޕަށާއި އެމެރިކާއަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މިއަހަރުގެ ފުރަތަމަ ސޯލާ އެކްލިޕްސް މިއަދު ފެންނައިރު، އެ އިރުކޭތާގައި ފެންނާނީ އަނގޮޓިއެއްގެ ގޮތަށްކަމަށް ބުނެފައިވެއެވެ.