ކުޅުދުއްފުށިސިޓީން ކޮވިޑް-19 ގެ ކޭސްތަކެއް އަނެއްކާވެސް ފެނި މޮނިޓަރިންގެ ހާލަތަށް ލައިފިއެވެ.
ކުޅުދުއްފުށި މިނިޓަރިންގެ ހާލަތަަށް ލާފައިވަނީ ރޭ 23:53 ގައެވެ. އެ ރަށް މޮނިޓަރިންއަށް ލާފައިވާއިރު އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން އެރަށުން އަރާފޭބުން ވަނީ މަނާކޮށްފައެވެ.
ކުޅުދުއްފުށިން ޕޮޒިޓިވްވެފައިވަނީ މާލެ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއެކެވެ. އެއީ 45 އަހަރުގެ ފިރިހެނެކެވެ. އޭނާ ޕޮޒިޓިވްވެފައިވާކަން އެނގުނީ އަލާމާތްތައް ހުރެގެން ފުލޫ ކުލިނިކަށް ދެއްކުމުން ޓެސްޓް ކުރުމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 27 މީހުން ފާހަގަ ކުރެވިފައިވާކަމަށާއި އޭގެތެރޭން 24 މީހުންގެ ސާމްޕަލް ނަގާފައިވެއެވެ.