މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ޖަލުތަކުގައި ހާއްސަ އޮޕަރޭޝަނެއް ހިންގަން ފަށައިފިއެވެ.
ކަރެކްޝަނަލް ސާވިސްއިން ބުނެފައިވަނީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެންނާއި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ހިންގަމުންދާ އޮޕަރޭޝަންނާ ގުޅިގެން، މާލޭ ޖަލާއި މާފުށީ ޖަލުގަ ސިފައިން، ފުލުހުން އަދި ކަރެކްޝަނަލް ސާވިސް ގުޅިގެން މިއަދު ހާއްސަ އޮޕަރޭޝަނެއް ހިންގަމުން އަންނަކަމަށެވެ.
އެހެންނަމަވެސް މިއޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއްނުވެއެވެ.
ރައީސް ނަޝީދަށްދިން ހަމަލާއާ ގުޅިގެން ހަރުކަށި ފިކުރާ ދެކޮޅަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އަންނަ އޮޕަރޭޝަންތަކުގައި މިހާތަނަށް ފުލުހުން 10 މީހުން ހައްޔަރު ކޮށްފައިވެއެވެ.