Last Updated: June 28, 09:20
Sunday, June 28, 2026
ޚަބަރު

އެމްޑީޕީ ހަލާކުވަނީ ހަސަން ލަތީފް ޒިންމާ އަދާނުކުރާތީ: ރީކޯ މޫސަ

ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ – ފޮޓޯ: މަޖިލިސް

އެމްޑީޕީ ހަލާކުވެދަނީ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ޒިންމާ އަދާނުކުރާތީ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކް (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މުސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީ ހަލާކުވެތިދަނީ ޕާޓީގެ ލީޑަރޝިޕް ފެއިލްވުމުން ކަމަށެވެ.

އެގޮތުން ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ޒިންމާ ނުނަގާ ވަކިފަރާތަކަށް ޖެހޭޖެހުމުގެ ސަބަބުން ޕާޓީ ހަލާކުވާކަމަށް މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން މޫސަ ވިދާޅުވީ ޕާޓީގެ ލީޑަރާ، ރައީސްއާ، ނައިބުރައީސް އަދި ޕީޖީގެ ލީޑަޝިޕާ އެއްކޮށްގެން މައްސަލައަށް ހައްލު ހޯދަންޖެހޭކަމަށެވެ.

ކ

އެމްީޕީގެ އެތެރޭގެ މަޝްރަހު ހޫނުވެ ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކާއި ރައީސް ސޯލިހަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައި ނުތަވަސްކަން އުފެދިފައިވާއިރު، ރައީސް ނަޝީދަށް ތާއިދު ކުރާ ފަރާތްތަކުން އަންނަނީ ފާޅުގައި ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި އެމްޑީޕީ ބައިބައިވީ ރައިސް ނަޝީދާއި އެމްޑީޕީ ނުލާ ސަރުކާރު ހިންގަން އުޅުމުންކަމަށް ބުނެ ތުހުމަތުވެސް އަންނަނީ ކުރަމުންނެވެ