ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑުގެ އިންތިހާބު 10:00 ގައި ފެށިގެން ކުރިއަށްދާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އީސީން ބުނެފައިވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓގެ ބޯޑަށް ކައުންސިލަރުންގެ ތެެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން 10:00 ގައި ފެށިގެން ކުރިއަށްދާކަމަށެވެ. އަދި ވޯޓުލުން މިއަދު 11:00 އާ ހަމައަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށް ދާނެ ކަމަށް އީސިން ބުނެފައިވެއެވެ.
އެލްޖީއޭގެ ބޯޑުގެ ސިޓީ ކައުންސިލްތަކުގެ ގޮނޑިއަށް ކުރިމަތިލެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގްއެވެ.
އެލްޖީއޭގެ ބޯޑުގެ އަތޮޅު ކައުންސިލްތަކުގެ ތެރެއިން އިންތިހާބުކުރާ މެމްބަރުކަމަށް ކ. އަތޮޅު ކައުންސިލްގެ ރައީސްގެ މުހައްމަދު ނިމާލް ވަނީ އިންތިހާބަކާއި ނުލައި ހޮވިވަޑައިގެންފައެވެ. ނިމާލް އެ ގޮނޑިޔަށް އިންތހާބު ވެައިވަނީ ވަގުތު ހަމަވިއިރު އިތުރު ފަރާތަކުން ކުރިމަތިލާފައި ނުވާތީއެވެ.
އެލްޖީއޭގެ ބޯޑު މެންބަރު ކަމަށް ރަށު ކައުންސިލްތަކުން ހަތް ފަރާތަކުން ވާދަކުރެއެވެ.