ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސި (އެޗްޕީއޭ)އިން ބުނެފައިވަނީ، މިއަދު ހެނދުނު 09:55 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު މަރުވެފައިވާކަމަށެވެ.
މަރުވެފައިވަނީ އުމުރުން 84 އަހަރުގެ ދިވެހި އަންހެނެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 193 ކަށް އަރާފައެވެ.
މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 69،831 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 13،071 ކޭސް އެވެ. މި ބަލިން 56،559 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 111 މީހަކަށެވެ.