Last Updated: June 28, 06:55
Sunday, June 28, 2026
ޚަބަރު

މުއިއްޒު ބަލިކޮށް ފުވައްމުލަކު މޭޔަރު އެލްޖީއޭ ބޯޑަށް

ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ސިޓީ ކައުންސިލްތަކުގެ ފަރާތުން ފުވައްމުލަކު ސިޓީ މޭޔަރު އިސްމާއިލް ރަފީގު އިންތިހާބު ކޮށްފިއެވެ.

ފުވައްމުލަކު މޭޔަރު އިސްމާއިލް އެލްޖިއޭ ބޯޑުގެ ސިޓީ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރައްވާފައިވަނީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާ ވާދަކުރައްވައެވެ. އިސްމާއިލަށް 24 ވޯޓު ލިބުނުއިރު މުއިއްޒުއަށް ލިބުނީ 21 ވޯޓެވެ.

އެގޮތުން ފުވައްމުލަކުގައި ބެހެއްޓި ފޮށިން އިސްމާއީލަށް ފަސް ވޯޓު ލިބުނުއިރު މުއިއްޒު އަށް ލިބުނީ އެއް ވޯޓެވެ. މިފޮށިން އެއް ވޯޓް ބާތިލްވެފައިވެއެވެ. ކުޅުދުއްފުށީގައި ބެހެއްޓި ފޮށިން ހުރިހާ ވޯޓެއް އިސްމާއީލްއަށް ލިބުނުއިރު މާލޭގައި ބެހެއްޓި ފޮށިން އިސްމާއީލް އަށް ހަ ވޯޓު ލިބުނުއިރު މުއިއްޒު އަށް 13 ވޯޓު ލިބުނެވެ. އައްޑޫސިޓީގައި ބެހެއްޓިފޮށިން އިސްމާއިލްއަށް ހަ ވޯޓު ލިބުނުއިރު މުއިއްޒުއަށް ލިބުނީ ހަތް ވޯޓެވެ. އައްޑޫސިޓީ ކައުންސިލުގެ ފޮށިން މުއިއްޒު ކުރި ހޯއްދެވިނަމަވެސް އައްޑޫސިޓީ ކައުންސިލަކީ އެމްޑީޕީ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ. އެގޮތުން ކައުންސިލްގައި މޭޔަރު ހިމެނޭގޮތަށް އެމްޑީޕީގެ 7 މެމްބަރުން ތިބޭއިރު ޕީޕީއެމްގެ ތިބެނީ 3 މެމްބަރުންނެވެ. އަދި އަމިއްލަ 3 މެމްބަރުން ތިބެއެވެ.

އެލްޖީއޭގެ ބޯޑުގެ އަތޮޅު ކައުންސިލްތަކުގެ ތެރެއިން އިންތިހާބުކުރާ މެމްބަރުކަމަށް ކ. އަތޮޅު ކައުންސިލްގެ ރައީސްގެ މުހައްމަދު ނިމާލް ވަނީ އިންތިހާބަކާއި ނުލައި ހޮވިވަޑައިގެންފައެވެ. ނިމާލް އެ ގޮނޑިޔަށް އިންތހާބު ވެފައިވަނީ ވަގުތު ހަމަވިއިރު އިތުރު ފަރާތަކުން ކުރިމަތިލާފައި ނުވާތީއެވެ.

އެލްޖީއޭގެ ބޯޑު މެންބަރު ކަމަށް ރަށު ކައުންސިލްތަކުން ހަތް ފަރާތަކުން ވާދަކުރެއެވެ