ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު އިންތިހާބުގައި އައްޑޫސިޓީގައި ބެހެއްޓި ފޮށިން ސިޓީ ކައުންސިލް މެމްބަރުގެ ގޮނޑި މާލެސިޓީ ކައުންސިލް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވައިފިއެވެ.
އައްޑޫ ފޮށި މުއިއްޒު ކާމިޔާބު ކުރެއްވި ނަމަވެސް، އިންތިހާބު ކާމިޔާބު ކުރެއްވީ ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގެވެ.
ޕީޕީއެމްގެ ކެނޑިޑޭޓު މުއިއްޒު އައްޑޫސީޓީގެ ފޮށިން ކުރި ހޯއްދެވިއިރު، އައްޑޫސީޓީ ކައުންސިލަކީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ.
އައްޑޫސިޓީގައި ބެހެއްޓިފޮށިން ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގުއަށް ހަ ވޯޓު ލިބުނުއިރު މުއިއްޒުއަށް ލިބުނީ ހަތް ވޯޓެވެ.
އައްޑޫ ކައުންސިލްގައި މޭޔަރު ހިމެނޭގޮތަށް އެމްޑީޕީގެ 7 މެމްބަރުން ތިބޭއިރު ޕީޕީއެމްގެ ތިބެނީ 3 މެމްބަރުންނެވެ. އަދި އަމިއްލަ 3 މެމްބަރުން ތިބެއެވެ.
އައްޑޫގައި ބެހެއްޓި ފޮށިން މުއިއްޒު ކުރި ހޯއްދެވިނަމަވެސް އެލްޖިއޭގެ ބޯޑަށް ސިޓީ ކައުންސިލްތަކުން އިންތިހާބު ވެފައިވަނީ ފުވައްމުލަކު މޭޔަރު އިސްމާއިލެވެ.