Last Updated: June 28, 06:55
Sunday, June 28, 2026
ޚަބަރު

25 އަހަރުގެ ޒުވާނަކު ވިހެއުމަށްފަހު ކޮވިޑްގައި ނިޔާވެއްޖެ

ފ. ނިލަންދޫ--

ފ. ނިލަންދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އަންހެނަކު ވިހެއުމަށްފަހު ހާލު ދެރަވެ ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ ނިލަންދޫއަށް ނިސްބަޔްވާ 25 އަހަރުގެ ސިޔާމާ އަހުމަދެވެ.

ސިޔާމާ ކޮވިޑަށް ޕޮޒިޓިވްވެ ހާލު ދެރަވާންފެށުމުން މާލެ ގެނެސް ވަނީ ފަރުވާ ދީފައެވެ. އަދި އޮކްސިޖަން ދަށްވާތީ ބަނޑަށް އަށް މަހުގައި ދަރިފުޅު ނަގާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

އޭގެފަހުން ރޭން ފެށިގެން އޭނާގެ ހާލު އިތުރަށް ސީރިއަސްވަމުން ގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މިއީ ރާއްޖެއިން ކޮވިޑް-19 ގައި ނިޔާވި އެންމެ ޒުވާން އެކަކެވެ. މީގެ ކުރިން 10 އަހަރުގެ ކުއްޖަކުވެސް ކޮވިޑް-19 ގައި މަރުވެފައިވެއެވެ.