ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު އިންތިހާބުގައި އައްޑޫސިޓީ ކައުންސިލުން އޭނާއަށް ވޯޓު ދިން ކައުންސިލަރުންނަށް މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކޮށްފިއެވެ.
މުއިއްޒު ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އައްޑޫސިޓީ ކައުންސިލްގައި 13 ކައުންސިލަރުން ތިއްބަވާއިރު ޕީޕީއެމްގެ ތިބެނީ އެންމެ 3 ކައުންސިލަރުން ކަމަށެވެ. އެހެންނަމަވެސް އޭނާއަށް 7 ކައުންސިލަރުންގެ ވޯޓު ލިބުނު ކަމަށާއި، އެހެންކަމުން އެކަމަށް ޝުކުރު އަދާކުރާ ކަމަށް މުއިއްޒުގެ ޓްވީޓްގައިވެއެވެ.
Addu city council ge 13 councillors ge therein PPM ge thibbevee 3 councillors kamahviyas, 7 councillors alhugandah vote dhevveethee varah bodah shukuru dhannavan.
— Dr Mohamed Muizzu (@MMuizzu) June 12, 2021
އައްޑޫ ފޮށި މުއިއްޒު ކާމިޔާބު ކުރެއްވި ނަމަވެސް، އިންތިހާބު ކާމިޔާބު ކުރެއްވީ ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގެވެ.
ޕީޕީއެމްގެ ކެނޑިޑޭޓު މުއިއްޒު އައްޑޫސީޓީގެ ފޮށިން ކުރި ހޯއްދެވިއިރު، އައްޑޫސީޓީ ކައުންސިލަކީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ.
އައްޑޫސިޓީގައި ބެހެއްޓިފޮށިން ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގުއަށް ހަ ވޯޓު ލިބުނުއިރު މުއިއްޒުއަށް ލިބުނީ ހަތް ވޯޓެވެ.
އައްޑޫ ކައުންސިލްގައި މޭޔަރު ހިމެނޭގޮތަށް އެމްޑީޕީގެ 7 މެމްބަރުން ތިބޭއިރު ޕީޕީއެމްގެ ތިބެނީ 3 މެމްބަރުންނެވެ. އަދި އަމިއްލަ 3 މެމްބަރުން ތިބެއެވެ.