ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މާލެސިޓީ ކައުންސިލަށް ހޮވުނު ކައުންސިލަރު އާމިނަތު ޔުމްނާ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަށް ސޮއި ކޮށްފިއެވެ.
ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވަނި ޔުމްނާ ޕީޕީއެމަށް ސޮއިކޮށްފައިވާކަން ހާމަކޮށްފައެވެ.
Congratulations and Welcome to @ProgressPartyMV Family Councillor @yums79 #FreePresidentYameen#MavesPPM #TogetherWeCan #RaeesYameen2023 pic.twitter.com/AwwbcqjADQ
— Ibrahim Shujau (@IbrahimShujaau) June 12, 2021
ޔުމްނާ ޖޭޕީގެ ޓިކެޓިގައި މާލެސިޓީ މާފަންނު އުތުރު ދާއިރާއަށް އިންތިހާބު ވެފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓު ފާތިމަތު ސަމީރުއާ ވާދަކޮށެވެ. އެދާއިރާއަކީ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއެކެވެ.
މިފަހަރުގެ އިންތިހާބުގައި މާލެސިޓީ ކައުންސިލްގެ މެޖޯރިޓީ ހޯދާފައިވަނީ ޕީޕީއެމުންނެވެ. ޔުމްނާ ޕީޕީއެމަށް ސޮއި ކުރުމާއެކު މާލެސިޓީ ކައުންސިލްގައި ޕީޕީއެމްގެ 12 ކައުންސިލަރުން އަދި އެމްޑީޕީގެ ފަސް ކައުންސިލަރުން ތިބޭނެއެވެ.