Last Updated: June 28, 06:55
Sunday, June 28, 2026
ޚަބަރު

ދެފާރު ދޭތެރޭ ކުއްޖަކު ތާށިވުމުން ފާރުތަޅާލާ ކުއްޖާ ސަލާމަތްކޮށްފި

ށ. ނަރަދޫގައި ދެ ފާރު ދޭތެރޭގައި ތާށިވި ކުއްޖަކު ސަލާމަތްކޮށްފިއެވެ.

މައުލޫމާތު ލިބިފަިއވާ ގޮތުގައި ދެފާރު ދޭތެރޭގައި ތާށިވެފައިވަނީ ހަތަރު އަހަރުގެ ފިރިހެން ކުއްޖެކެވެ.

ސޯޝަލްމީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަގޮތުން ކުއްޖާ ހުރީ ދެފާރު ދޭތެރޭގައި ވަރަށް ބޮޑަށް ތާށިވެފައެވެ.

އެ ކުއްޖާ ސަލާމަތް ކުރުމަށް އެ ރަށު ރައްޔިތުން ވަނީ ފާރުން ބައެއް ތަޅާލާ އެކުއްޖާ ސަލާމަތްކޮށްފައެވެ. މިހާދިސާގައި އެ ކުއްޖާއަށް އަނިޔާއެއް ނެފައިވާކަމުގެ މައުލޫމާތެއް ނުލިބެއެވެ.