Last Updated: June 28, 06:55
Sunday, June 28, 2026
ޚަބަރު

އެލްޖީއޭ ބޯޑުގެ ރަށު ކައުންސިލްގެ ގޮނޑި ޕީޕީއެމަށް

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ ރަށު ކައުންސިލްގެ ގޮނޑި ޕީޕީއެމްގެ ކެނޑިޑޭޓް ކ. ގުރައިދޫ ކައުންސިލަރު ހުސައިން ޔާމީން މުހައްމަދު ކާމިޔާބު ކޮށްފިއެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޔާމީނަށް 416 ވޯޓް ލިބުނުއިރު އޭނާއާ އެންމެ ވާދަ ކުރި އެމްޑީޕީގެ ތޮއްޑޫ ކައުންސިލަރު އަހުމަދު ކަރަމްއަށް 414 ވޯޓު ލިބުނެވެ.

އެމަގާމަށް ޖުމުލަ ހަތް ކެނޑިޑޭޓުްނ ވާދަކޮށްފައިވެއެވެ. އެއީ އެމްޑީޕީގެ ފަސް ކެނޑިޑޭޓުންނާއި ޕީޕީއެމްގެ ކެނޑިޑޭޓެއް އަދި އަމިއްލަ ކެނޑިޑޭޓެކެވެ.

އެލްޖީއޭ ބޯޑުގެ އަތޮޅު ކައުންސިލްގެ ގޮނޑި އިންތިހާބަކާ ނުލާ ލިބިފައިވަނީ ކ އަތޮޅު ކައުންސިލްގެ ރައީސް އިބްރާހިމް ނިމާލެވެ.

އަދި މޭޔަރުންގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގުއެވެ.