Last Updated: June 28, 06:55
Sunday, June 28, 2026
ޚަބަރު

ކޮވިޑްގައި އިތުރު މަރެއް، ޖުމުލަ އަދަދު 197

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ، ރޭ ފަތިހު 04:47 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެފައިވާކަމަށެވެ.

އެގޮތުން މަރުވެފައިވަނީ 83 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 197 ކަށް އަރާފައެވެ.

އިއްޔަވެސް ރާއްޖެއިން ވަނީ ހަތަރު މީހުން ކޮވިޑް-19 ގައި މަރުވެފައެވެ. ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 70،077 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 11،041 ކޭސް އެވެ. މި ބަލިން 58،832 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 97 މީހަކަށެވެ.