Last Updated: June 28, 06:55
Sunday, June 28, 2026
ޚަބަރު

އިންސާފު ހޯދުމަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ޗީފް އޮމްބުޑްސްޕާސަން، އަބްދުއްސަލާމް އާރިފް--

އިންސާފު ހޯދުމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްމަން އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނުގައި ބަޔާންކޮށްފައިވަނީ 1 ޖެނުއަރީ 1953 ން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތައް ހުށަހެޅޭނެކަމަށެވެ.

އެގޮތުން އިންސާފު ހޯދުމަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މިއަދުން ފެށިގެން 13 އޮގަސްޓް 2021 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްމަން އޮފީހުން ބުނެފައިވަނީ މައްސަލައެއް ހުށަހަޅުއްވަން ބޭނުންވާނަމަ މައްސަލަ ހުށަހަޅާ ފޯމް އަދި ބަދަލު ހޯދުމަށް އެދޭނަމަ، ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް، އެ ފޯމްތަކުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތަކާއެކު، އެއޮފީހުގެ އީމެއިލް އެޑްރެސް [email protected] އަށް ނުވަތަ އޮފީސް ހުޅުވިފައިވާ ހުންނަ ވަގުތުތަކުގައި އޮފީހުގެ ކައުންޓަރަށް ހުށަހެޅުމަށް އެދޭކަމަށެވެ. މައްސަލަ ހުށަހަޅާ ފޯމާއި ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމް އެ އޮފީހުގެ ވެބްސައިޓު www.otj.gov.mv އަދި އޮފީސް ހުޅުވިފައި ހުންނަ ގަޑިތަކުގައި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ،