Last Updated: June 28, 06:55
Sunday, June 28, 2026
ޚަބަރު

އިސްލާހު އޮތީ ދީނަށް ފުރައްސާރަކުރަން ފުރުސަތު ލިބޭގޮތަށް: މާލެސިޓީ ކައުންސިލް

ނަފުރަތުގެ އަމަލު ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހާއި ދެކޮޅަށް މާލެސިޓީ ކައުންސިލުން ތެދުވެއްޖެއެވެ.

މާލެސިޓީ ކައުންސިލްގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުން ފިޔަވާ އެހެން ކައުންސިލަރުން ސޮއިކޮށް ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހުށަހަޅާފައިވާ އިސްލާހުން ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް އިހާނެތިބަސްތައް ބުނުން އެއީ ޤާނޫނުން ބާރުލިބގެން ކުރެވޭނެ ކަމެއްގެ ގޮތުގައި ކަނޑައަޅަން މަސައްކަތް ކުރަމުންދާކަމަސް ބުނެ މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަކަމަށެވެ.

މާލެސިޓީ ކައުންސިލުން ބުނެފައިވަނި މި އިސްލާހަކީ ދީނަށް ފުރައްސާރަ ކުރުމާއި ބަދުބަސް ބުނާ މީހާ ކުރާ ކަންކަން ހުއްޓުވަން މަސައްކަތް ކޮށް އެކަމާ ދެކޮޅަށް ބަސްބުނާ މީހާ އެކުރަނީ ކުށެއްގެ ގޮތުގައި ކަނޑައެޅިގެންދާއިރު، ދީނަށް ފުރައްސާރަ ކުރުމަކީ ޤާނޫނުން ހުއްދަ ކުރާކަމެއްގެ ގޮތުގައި ކަނޑައެޅުނީ ކަމަށް ބެލެވޭނެކަމަށެވެ. އެހެންކަމުން މިހާރު ހުށަހަޅާފައިވާ އިސްލާހާމެދު މާލެސިޓީ ކައުންސިލުން ކަންބޮޑުވާކަމަށްވެސް ބުނެފައިވެއެވެ.

ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީންވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި ގިނަ ދީނީ އިލްމުވެރިން އަންނަނީ އެ އިސްލާހާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.