ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ސަރުކާރަކީ އިންސާފު ޤާއިމު ކުރުމަށް އެންމެ ގިނަ މަސައްކަތް ކުރި ވެރިކަން ކަމަށް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަންގެ އެމްޑީ މޫސާ އަލީ މަނިކް (މޫކޭ) ވިދާޅުވެއްޖެއެވެ.
ޓީމް އެމްޑީޕީ ހޭޝްޓެގްގައި މޫކޭ ކުރެއްވި ޓްވީޓގައި ވިދާޅުވެފައިވަނީ، ކިޔެވުމުގެ ފުރުސަތާއި، ޞިއްޙީ ނިޒާމު އަދި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ކުރިއެރި ވެރިކަމަކީ ރައީސް ސޯލިހްގެ ވެރިކަން ކަމަށެވެ.
އަދި މިނިވަން މުއައްސަސާތަކާއި ލާމަރުކަޒީ ނިޒާމަށް އެންމެ ހެޔޮ ބަދަލު ގެނެސް، އަންހެންނުން ބާރުވެރިކޮށް، އެންމެ ޕްރޮޖެކްޓްތައް ގިނައިން ހިންގި ވެރިކަމަކީވެސް ރައީސް ސޯލިހްގެ ވެރިކަން ކަމަށް މުކޭގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
މިއީ އިންސާފު ޤާއިމު ކުރުމަށް އެންމެ ގިނަ މަސައްކަތް، ކިޔެވުމުގެ ފުރުސަތު، ޞިއްޙީ ނިޒާމު އަދި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ކުރިއެރި، މިނިވަން މުއައްސަސާތަކާއި ލާމަރުކަޒީ ނިޒާމަށް އެންމެ ހެޔޮ، އަންހެންނުން ބާރުވެރިކުރި، އެންމެ ޕްރޮޖެކްޓްތައް ގިނަ ޞާލިޙު ވެރިކަން .🇲🇻#TeamMDP pic.twitter.com/BNjFMBuvGI
— Moosa Ali Manik 🇲🇻 (@VMookey) June 13, 2021
އެމްޑީޕގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި މީގެ ކުރިން މޫކޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރިހާ ހިނދަކު، ސަރުކާރަށް އަމާޒުކުރާ ހަމަލާތަކުގެ ދިފާއުގައި ބަސް ނުބުނާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އެހެންނޫނީ ސިޔާސީ މަގާމްތަކުގައި ތިބުުގެ މާނައެއް ނެތްކަމަށްވެސް މުކޭ ވިދާޅުވެފައިވެއެވެ.