Last Updated: June 7, 22:00
Sunday, June 7, 2026
ސިޔާސީ

ހިތަދޫ މެދު ދާއިރާ އަށް އެފްއޭއެމް ރަޝީދު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި އިބްރާހީމް ރަޝީދު ވަޖުދީ (އެފްއޭއެމް ރަޝީދު) ކުރިމަތިލައްވަން ނިންމަވައިފި އެވެ.

އޭނާ އެ ދާއިރާ އަށް ކުރިމަތިލާން ނިންމެވި އިރު، އެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި މިހާރު ހުންނެވި ހުސައިން ހިލްމީ ވެސް ދެވަނަ ދައުރަކަށް އެމްޑީޕީ ޓިކެޓްގައި ވާދަ ކުރަން ވަނީ ނިންމަވައިފަ އެވެ.

ޕީޕީއެމ ޓިކެޓްގައި ރަޝީދު ވާދަ ކުރައްވާ އިރު، އޭނާއަކީ ޕީޕީއެމްގެ ހިތަދޫ ވަރަށް އިސް ހަރަކާތްތެރިއެކެވެ. އަދި އޭނާއަކީ ޕީޕީއެމްގެ ހިތަދޫ ވަގުތީ ހިންގާ ކޮމިޓީގެ ރައީސް ވެސް މެ އެވެ.

އޭނާއަކީ އެފްއެމްއޭމްގައި އައްޑޫގެ ޒުވާނުންގެ މެދުގައި ފުޓްބޯޅަ ކުރިއެރުވުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.