Last Updated: June 28, 06:07
Sunday, June 28, 2026
ޚަބަރު

އިންޑިއާއަށް ބަރޯސާވެގެން ތަރައްގީގެ މަތީފަންތިއަކަށް ދެވޭނެގޮތެއް ނުވިސްނޭ: އުގެއިލް

ޕްރޮފެސަރ އުގައިލް - ފޮޓޯ: މިހާރު

އިންޑިއާއަށް ބަރޮސާވެގެން ރާއްޖޭގެ ތަރައްގީ މަތީފަންތިއަކަށް ދެވޭނެގޮތެއް ނުވިސްނޭކަމަށް ޕްރޮފެސަރު ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.

އުގައިލް ފޭސްބުކްގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާއަކީ އެއްވަނަ ދުނިޔޭގެ ގައުމެއް ނޫންކަމަށެވެ. ވީއިރު އިންޑިއާއަށް މާބޮޑަށް ބަރޯސާވެގެން ދިވެހިރާއްޖެ ތަރައްގީގެ މަތީފަންތިއަކަށް ގެންދެވޭނެ ގޮތެއް ނުވިސްނޭ ކަމަށް އުގައިލް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އުގައިލްވަނީ އެކާވީސްވަނަ ގަރުނު ނިމޭއިރު ވެސް ބޭނުންވަނީ ރާއްޖެ ފިނިހަކަ ދުވެލީގައި އޮންނަން ތޯ ސުވާލު ކުރައްވާފައެވެ.

"މިއީ ސިޔާސީ ވާހަކައެއް ނޫން. މިއީ އިލްމީ ވާހަކައެއް." ޕޯސްޓް ނިންމާލައްވަމުން އުގައިލް ވިދާޅުވެފައިވެއެވެ.

އުގައިލް އިންޑިއާއާ ދެކޮޅަށް ވާހަކަ ދައްކަވަން ފައްޓަވައިފައިވަނީ އައްޑޫސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ހުޅުވުމަށް އިންޑިއާއިން ނިންމާ އެކަން ހާމަކުރި ހިސާބުންނެވެ. މިނިންމުމާ ދެކޮޅަށް ފާޅުގައި އަޑުއުފުލައި އެކަމާއި ދެކޮޅަށް ވާހަކަދައްކަވާ އިސްބޭފުޅުންގެ ތެރޭގައި އުގައިލް ފާހަގަކުރެވެއެވެ.