Last Updated: June 28, 06:07
Sunday, June 28, 2026
ޚަބަރު

އަލިފާނުގެ ހާދިސާއެއް ހިނގާ މީހަކަށް އަނިޔާވެއްޖެ

މާލޭގައި ިނގި އަލިފާނުގެ ހާދިސާއެއްގައި މީހަކަށް އަނިޔާވެ ފަރުވާދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ، ހ. ފައިންޕާކް ގޭގެ އެއްވަނަ ފަންގިފިލާގައި ބާބަކިއު ހެދުމުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމަށެވެ.

އަދި އެގޭގެ މީހުން އެ އަލިފާންގަނޑު ނިއްވާލާފައިވާކަމަށާއި، އެ ހާދިސާގައި މީހަކަށް އަނިޔާވެ އޭޑީކޭގައި ފަރުވާދެމުން އަންނަކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އެހެންނަމަވެސް އެމީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހާމަކޮށްފައެއްނުވެއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 11:55 ހާއިރު ކަމަށެވެ.