ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަސައްކަތް ކުރައްވަނީ ދާއިރާތަކަށް ވެފައިވާ ވައުދުތައް ފުއްދެވުމަށް ކަމަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.
ވިސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކޮވިޑްގެ ދަތި ދަނޑިވަޅުގައި ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު ރައީސް މަސައްކަތްކުރައްވަނީ ގައުމުގެ މަސްލަހަތު އިސްކޮށްގެން ކަމަށެވެ.
އަދި މިދަނޑިވަޅުގައި ރައީސް ސޯލިހް ވެފައިވާ ވައުދުތަކާއި ދާއިރާތަކަށް ވެފައިވާ ވައުދުތައް ފުއްދުމަށް މަސައްކަތް ކުރައްވާކަމަށް ވިސާމް ވިދާޅުވިއެވެ.
ކޮވިޑްގެ ދަތި ދަނޑިވަޅުގައި ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު ރައީސް މަސައްކަތްކުރައްވަނީ ގައުމުގެ މަސްލަހަތު އިސްކޮށް އެމަނިކުފާނު ވެފައިވާ ވައުދުތަކާއި ދާއިރާތަކަށް ވެފައިވާ ވައުދުތައް ފުއްދުމަށް. ގަމު ދާއިރާއަށް ވެފައިވާ ވައުދުތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނު. pic.twitter.com/Q5JD4B2Zjt
— Mohamed Wisam (@mohamedwisaam) June 13, 2021
އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަމުގައި ރައީސް ނަޝިދަށް ތާއީދު ކުރާ ފަރާތްތަކުގެ ނުރުހުން ކުރިމަތިވެފައިވާ އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި ވިސާމް ހިމެނެއެވެ. ވިސާމަށް ފާޑުކިޔުން އަމާޒުވެފައިވަނީ ޑިފެންސް ގެ ނައިބު ޒަމީލްގެ މައްސަލަ އިމްތިޔާޒް ކޮމިޓީން ބޭރުކުރުމަށް ވޯޓު ދެއްވުމާގުޅިގެންނެވެ.