ބަޔަކު ތެޅިފޮޅެނީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ކޮންކަމެއް ނުކުރެވިގެންތޯ އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ސުވާލު އުފައްދަވައިފިއެވެ.
ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ސޯލިހްގެ ސަރުކާރުން ޖުމުލަކޮށް ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު ވަރަށް ރަނގަޅު ކަމަށެވެ.
އެގޮތުން ކޮވިޑްގެ ހާލަތުގައިވެސް ބަޔަކު ވަޒީފާއިން ވަކިނުކޮށް ޕްރޮޖެކްޓްތައް ހިންގަމުން އަންނަކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
އަދި ކޮރަޕްޝަންގެ އަމަލުތަކަށްވެސް ސަރުކާރުން ބަރާބަރަށް ފިޔަވަޅު އަޅަމުން އަންނަކަމަށާއި ބަޔަކު ތެޅި ފޮޅެނީ ސަރުކާރުން ކޮންކަމެއް ނުކޮށްގެންތޯ ސުވާލު އުފައްދަވާފައިވެއެވެ.
Raees @ibusolih ge sarukaarun jumla koh kurevifaiva masakkathah balaa iru v rangalhu. #Covid ge mi haalathuga ves projects thah hingava. Vazeefa in bayaku nukanda. #Corruption ge amalu thakah baraabarah fiyavalhu alhuvvaa. Kon kameh nuvegen tho bayaku mi thelhi folhenee?
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) June 13, 2021
އެމްޑިޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގައި ބައެއް މަޖިލިސް މެމްބަރުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި ސަރުކާރުގެ ދިފާއުގައި މަސައްކަތްކުރާ ބައެއް މެމްބަރުން އަންނަނީ ސަރުކާރު ދިފާއުކޮށް ވެސް ވާހަކަ ދައްކަމުންނެވެ. އެމްޑީޕީގެ ތެރޭގައި މައްސަލަ އުފެދުނިީ ވަކިވަކި ސިފައިން މަޖިލީހުގެ އިންކުއަރީއަށް ހާޒިރު ނުވާނެ ކަމަށް ޑިފެންސްގެ ނައިބު ޒަމީލް ބުނިމައްސަލަ ބެލުމަށް ރައީސް ނަޝިދު އިމްތިޔާޒް ކޮމިޓީއަށް ހުށަހެޅުމުން އެމްޑީޕީގެ މެމްބަރުންގެ ވޯޓާއެކު އެ މައްސަލަ ކޮމިޓީން ބޭރުކޮށްލުމުންނެވެ.