ރާއްޖެއިން މޮރޮކޯއަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުކަމުގެ މަގާމަށް ޑރ. އާސިމް އަހުމަދު ހަމަޖެއްސުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މަޖިލީހަށް މި މައްސަލަ ހުށަހެޅުމުން ދިރާސާކުރުމަށް ވަނީ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.
އާސިމަކީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ރާއްޖެއިން ކަނޑައަޅާފައިވާ ދާއިމީ މަންދޫބެވެ.
މީގެ އިތުރުން ވެސް ރާއްޖޭގެ ޚާރިޖިއްޔާއަށް ގިނަ ދުވަސްތަކެއް ވަންދެން ޑރ. އާސިމް ހިދުމަތްކޮށްދެއްވާފައިވާއިރު އޭނާވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމު ވެސް އަދާކުރައްވާފައެވެ.