Last Updated: June 28, 06:07
Sunday, June 28, 2026
ޚަބަރު

މިސްކިތެއް ކައިރިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފި

މާލޭގެ މިސްކިތެއް ކައިރިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެއްވޭ އެއްޗެއް ހުރި ކޮތަޅުތަކަކާ އެކު މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ، ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ދިވެއްސެއް ކަމަށެވެ.

އޭނާ ހައްޔަރުކުރީ ވިޔަފާރިވެރިންގެ މިސްކިތް ކައިރިން ކަމަށާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ސެލޯފިން ކޮތަޅުތަކެއް އެމީހާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ވިޔަފާރިވެރިންގެ މިސްކިތް ކައިރިން މީހަކު ހައްޔަރު ކޮށްފައި މިވަނީ މިސްކިތްތެރޭގައި މަސްތުވާތަކެތި ބޭނުންކޮށްގެން ތިބި ބައެއްގެ ވީޑިއޯ ސޯޝަލްމީޑިއާގައި އާންމުވެފައިވާ ދަނޑިވަޅެއްގައެވެ.