ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ، ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ.
އެގޮތުން ތަހުގީގަށް ހާޒިރުކުރުމަށް ފުލުހުން އިއުލާނުކޮށްފައިވާ ސ. ހިތަދޫ / ޒަބަރުޖުދުގެ، ޢަބްދުﷲ މިސްތަޙް އެވެ.
ފުލުހުން ބުނެފައިވަނީ އޭނާ ސ. ހިތަދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިހުރި ޕޮލިސް ސްޓޭޝަނަކަށް، 2021 ޖޫން 20 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވުމަށް އިއުލާނުކުރާކަމަށެވެ.