ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ މިއަދު 11:19 ހާއިރު ޑީއެޗް11 ގައި ފަރުވާދެމުން ދިޔަ މީހަކު މަރުވެފައިވާކަމަށެވެ.
މަރުވެފައިވަނީ އުމުރުން 55 އަހަރުގެ ދިވެހި އަންހެނެކެވެ. މިއާއެކު ކޮވިޑް-19 ގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 198 ކަށް އަރާފައެވެ.
ރާއްޖެއިން މިހާތަނަށް ޖުމުލަ 70،301 މީހުން ކޮވިޑް-19 އަސް ޕޮޒިޓިވްވެފައިވެއެވެ. މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 9،326 މީހުންނެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން 88 މީހުން ފަރުވާދެމުން އަންނަކަމަސް އެޗްޕިއޭއިން މައުލޫމާތުދެއެވެ.