Last Updated: June 28, 06:07
Sunday, June 28, 2026
ޚަބަރު

އޮޅުންއަރާތީ އެފްޑީއައި އިސްލާހުގެ އިބާރާތް ބަދަލުކުރަނީ

މިހާރު އޮތްގޮތުން އޮޅުން އަރާކަމަަށްބުނެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި) ޕޮލިސީއަށް ގެނައި އިސްލާހުގެ އިބާރާތް ބަދަލު ކުރަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެފްޑީއައި ޕޮލިސީއަށް ގެނެސްފައިވާ އިސްލާހުގައި ޕްރައިވެޓް އިންވެސްޓަރުންނަށް އެއާ ޓްރެފިކް ކޮންޓްރޯލު އޮޕަރޭޝަން ކުރިއަށް ގެންދެވޭނެވާހަކަ ނޯންނާނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ އެއާޕޯޓެއްވެސް އެކަން ހިނގާނީ ދައުލަތުގެ ބެލުމުގެ ދަށުންކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ފައްޔާޒް ވިދާޅުވެފައިވަނީ އެފްޑީއައި އިސްލާހުން އޮޅުން އަރާތީ އިބާރާތް ބަދަލުކުރަން ނިންމާފައިވާކަމަށެވެ.

އެފްޑީއައި ޕޮލިސީ އަށް ސަރުކާރުން ގެނައި އިސްލާހުގައިވަނީ ފްރެއިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ އެވެ. އަދި އެ އިސްލާހަށް ގިނަ ފަރާތްތަކަކުން އަންނަނީ ފާޑުކިޔަމުންނެވެ.