ކުޑަކުދިންގެ ހިޔާގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
އެމައްސަލައިގައި މި މަހުގެ 12 ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހާދީފައިވެއެވެ.
މައްސަލައިގައި ފުލުހުން ކޯޓުގައި ބުނެފައިވަނީ ކުއްޖާ ފެނިފައި ވަނީ އެމީހާގެ ކޮޓަރިން ކަމަށާއި، އަދި ކުއްޖާއާ އެކު ބަދުއަހުލާގީ އަމަލު ހިންގާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
އަދި އެމީހާ އެކުއްޖާ ގްރޫމް ކުރުމަށް މަސައްކަތްކުރާކަމަށް ބެލެވޭކަމަށްވެސް ބުނެފައިވެއެވެ.
އެ މީހާގެ ބަންދަށް ކޯޓުން 10 ދުވަސްޖަހާފައިވަނީ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވާފާނެތީ އަދި، އޭނާ ދޫކޮށްލާފައި ހުރެއްޖެ ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ.