Last Updated: July 11, 19:25
Saturday, July 11, 2026
ޚަބަރު

ގާޒީ ސަމީރު ޑްރަގް ކޯޓަށް ބަދަލުކުރަން ނިންމައިފި

ޑްރަގް ކޯޓް - ފޮޓޯ: ވީނިއުސް

ކްރިމިނަލް ކޯޓުގެ ގާޒީ، މުހައްމަދު ސަމީރު ޑްރަގްކޯޓަށް ބަދަލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.

ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގާޒީ ސަމީރު ޑްރަގްކޯޓަށް ބަދަލުކުރަން ނިންމީ އެ ކޯޓަށް ބަަލުވުމަށް އޭނާ އެދިވަޑައިގަތުމުންނެވެ.

ގާޒީ ސަމީރު ޑްރަގް ކޯޓަށް ބަދަލުކުރަން ނިންމީ ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުން އައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ.

ކްރިމިނަލް ކޯޓުގެ އިތުރުން ގާޒީ ސަމީރު މީގެކުރިން ވަނީ ފެމިލީ ކޯޓުގައި ވެސް މަސައްކަތް ކުރައްވާފައެވެ.