Last Updated: June 30, 13:05
Tuesday, June 30, 2026
ކުޅިވަރު

މުބާރާތް ހުޅުވި މެޗް ދި ފޭދު އަަށް

ދި ފޭދޫގެ ކުޅުންތެރިންނާ ޝަރަފްވެރި މެހުމާން ހާނީ ސަލާން ކުރައްވަނީ. ފޮޓޯ/ އިބްރާހީމް ޒުހުރީ

ގްލޯބަލް ލިންކް ޗެލެންޖް ހުޅުވި މެޗް މީދޫ މުލިމަތި ޔުނައިޓެޑް އާއި ވާދަކޮށް 2-1 ލަނޑުން ދި ފޭދޫ ކާމިޔާބް ކޮށްފިއެވެ.

ބޯ ވާރޭ ތެރޭގައި ކުޅުނު މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 10 ވަނަ މިނިޓްގައި ކާމިޔާބް ދަ ފޭދޫގެ ޖޯޒީ ނަންބަރު 14 އިބްރާހިމް މުހައްމަދު ދީދީ، (މުއްޓީ)އެވެ.

މިމެޗްގައި ދަފޭދޫޓީމުން ކާމިޔާބު ކުރި ދެވަނަ ލަނޑަކީ މެޗްގެ 23 ވަނަ މިނިޓްގައި ލިބުނު ކޯނަރަކުން މުލިމަތި ޓީމްގެ ގޯލް ކުރިމައްޗަށް ހުރަސް ކުރި ބޯޅައެއް ދަފޭދޫޓީމުގެ އިބްރާހިމް ރިޒުވާނު ބޮލުން ގޯލު ތެރެއަށް ފޮނުވާލައިގެން ކާމިޔާބް ކުރި ލަނޑެކެވެ.

ފުރަތަމަ ހާފްގައި ދި ފޭދޫން ދެ ލަނދު ޖެހުމުން މުލިމަތި ޔުނައިޓެޑް ޓީމުން ލަނޑު ޖަހަން ވަރަށް މަސައްކަތް ކުރިއެވެ. އެގޮތުން ރަނގަޅު ދެ ފުރުސަތެއް މުލިމަތި ޓީމްގެ ރަމްޒީ އާއި މާޒިއާ ކަޅޭއަށް ލިބިވަނީ ބޭކާރުވެފައެވެ.

ފަހު ހާފްގައިވެސް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މުލިމަތި ޓީމަށެވެ. ފަހު ހާފް ފެށުނުތަނާހެން ކަޅޭ އަށް ލިބުނު ފުރުސަތުވެސް ވަނީ ބޭކާރުވެފައެވެ. މުލިމަތިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 89 ވަނަ މިނިޓްގައި ޖަހައިދިނީ މީދޫ ޓީމްގެ ޖޯޒީ ނަންބަރު 7 އަޝްރަފްއެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދިފޭދޫގެ މުއްޓީއެވެ. މޮޅު ކުޅުންތެރިއާއަށް އިނާމް ހަވާލްކޮށްދެއްވީ މެޗްގެ ޝަރަފްވެރިމެހްމާން އަބްދުﷲ ހާނީއެވެ.

މި މުބާރާތުގައި މާދަމާ ހަވީރުވެސް މެޗެއް ކުޅޭނެއެވެ. ބައްދަލު ކުރާނީ މީދޫ ޗޭނު ޖަމިއްޔާ އާއި ނިއުފޭދޫއެވެ.