Last Updated: June 28, 04:10
Saturday, June 27, 2026
ޚަބަރު

ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 53 ޕަސެންޓް ނިމިއްޖެ

ނ. ލަންދޫ--

ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނެފައިވަނީ އެ މަޝްރޫއުގެ 53 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 96 ޕަސެންޓް ނިމިފައިވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 25000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 256 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 401 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށެވެ. އަދި މަގު ބައްތި ހަރުކުރުމާއި، ނެރު ބައްތި ހަރުކުރުމާއި، 1,280 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށެވެ. އަދި މި މަޝްރޫޢަކީ 35.60 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.