Last Updated: June 13, 02:24
Friday, June 12, 2026
މުނިފޫހިފިލުވުން

ކަބީރު ހާން އާ ސްކްރިޕްޓެެއްގެ މަސައްކަތް ފަށައިފި

މިދިޔަ އަހަރުގެ އެންމެ ކާމިޔާބް ފިލްމްތަކުގެ ތެރޭގައި ހިމެނޭ "އެކް ތަ ޓައިގާ" ގެ ޑައިރެކްޓަރު ކަބީރު ހާން އާ ފިލްމެއްގެ ސްކްރިޕްޓްގެ މަސައްކަތް ފަށައިފި އެވެ.

"ކާބުލް އެކްސްޕްރެސް"، "ނިއުޔޯކް" ފަދަ ފިލްމްތައް ބެލުންތެރިންނާ ހަމައަަށް ގެނެސް ދީފައިވާ ކަބީރު ބުނީ އާ ސްކްރިޕްޓެއްގެ މަސައްކަތް ވަރަށް ފޯރި އާ އެކު ކުރިއަށްދާ ކަމަށެވެ. އެހެން ނަމަވެސް އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްްކަން މިވަގުތު އޭނާ ބޭނުމެއް ނޫނެވެ.

"ސްކްރިޕްޓް ލިއުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ. އެހެން ނަމަވެސް އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން އަދި މާ އަވަސް. އެހެންވެ އަދި މިވަގުތު ހާމަ ކުރެވޭކަށް ނެތް ފިލްމްގެ ޖޯންރާ ވެސް،" އިންޑިއަން އައިޑްލް ފަދަ ޝޯތައް ހުށަހަޅާ ދީފައިވާ މިނީ މާތޫރުގެ ފިރިމީހާ ކަބީރު ބުންޏެވެ. "އެކަމަކު ސްކްރިޕްޓްގެ މަސައްކަތް ނިމުމާ އެކު ރަސްމީކޮށް ފިލްްމް އިއުލާން ކުރާނަން. އޭރުން ފިލްްމްގެ ކާސްޓް ވެސް އެނގިގެން ދާނެ."

ކަބީރު މިހާތަނަށް ގެނެސް ދިން "ކާބުލް އެކްސްޕްރެސް"، "ނިއުޔޯކް" އަދި "އެކް ތަ ޓައިގާ" އަކީ ޔާޝްރާޖް ބެނާގައި ގެނެސް ދިން ފިލްމްތަކެވެ. އެހެން ނަމަވެސް އޭނާގެ އާ ފިލްމް އަންނާނީ ކޮން ބެނާއެެއްގެ ދަށުން ކަމަށް ވެސް އަދި ވަނީ ނޭގުމެއްގެ ތެރޭގަ އެވެ.