ހަރުކަށި ފކުރާ ދެކޮޅަށް އައްޑޫސިޓީގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ތެރެއިން ހައްޔަރު ކުރި 5 މީހަކު ބަންދުން ދޫކޮށްލަން ކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.
އައްޑޫ ސިޓީގައި ފުލުހުން ކުރިއަށްގެންދެވި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރެއިން 5 މީހުން ބަންދުން ދޫކޮށްލުމަށް ދަށުކޯޓުން ނިންމި ނިންމުން ޕީޖީ އޮފިޙުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރި މައްސަލަ އެކޯޓުން ނިންމާފައިވަނީ މިއަދުއެވެ.
ހައިކޯޓުން ނިންމެވީ މި 5 މީހުން ބަންދުން ދޫކޮށްލުމަށް ކުރި އަމުރުތައް ބާޠިލު ކަމަށެވެ. އަދި މި 5 މީހުން މިއަދުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކުރެއްވިއެވެ.
ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އައްޑުގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ހަރުކަށި ފިކުރުގެ 9 މީހަކު ހައްޔަރު ކުރިއެވެ. އަދި އެމީހުން ދިރިއުޅޭ ތަންތަްނ ބަލާފާސްކޮށް ގިނަ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.