Last Updated: June 28, 04:10
Saturday, June 27, 2026
ޚަބަރު

އީސީގެ ރައީސް ޝަރީފް އިސްތިއުފާ ދެއްވައިފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް އިސްތިއުފާ ދެއްވައިފިއެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިސީގެ މެމްބަރުކަމުން އޭނާ މިއަދު އިސްތިއުފާ ދީފައިވާކަމަށެވެ.

އަދި ވޭތުވެދިޔަ ތިން އިންތިހާޞުގައި އިހްލާސްތެރި ކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތް ކޮށްދެވުނު ކަމުގެ ހިތްހަމަޖެހުން ހިބޭކަމަށް ޝަރިފް ވިދާޅުވިއެވެ.

މީގެއިތުރުން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންގެ ހިދުމަތުގައި ފެންނާނެކަމަށެވެ.