Last Updated: June 28, 04:10
Saturday, June 27, 2026
ޚަބަރު

ގިނަ އަަދަދެއްގެ ފޯނު ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

މާލޭގައި ފޯނު ފިހާރައަކުން ގިނަ އަދަދެއްގެ ފޯޏު ވަގަށް ނެގު ދެ މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ މާލޭ މައްޗަންގޯޅީގައި ހުންނަ ޑްރީމްސް މޯބައިލް ފިހާރައިގެ ފުރާޅު ނަގައިގެން އެ ފިހާރައަށް ވަދެ ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފޯނާއެކު ދެ މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ.

ފުލުހުން ބުނެފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި އެރޭގެ ވަގުތެއްގައި 31 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރު ކޮށްފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ށ. ބިލެތްފަހި / ކްރެސްޓް، ޢަލީ ފައުޒާންއާއި، ތ. ތިމަރަފުށި / މާފޮޅޭގެ، ޢަބްދުﷲ ސިމާޙުއެވެ.

އެ އޮޕަރޭޝަނުގައި އެ ދެމީހުންގެ އަތުން ގިނަ އަދަދެއްގެ މޯބައިލް ފޯނާއި ޗާޖަރާއި، ހެޑްސެޓުގެ އިތުރުން މޯބައިލް ފޯނާ ގުޅޭ ތަކެތި ހޯދާފައިވެއެވެ. މިތަކެތީގެ އަގު 280000 ދިވެހި ރުފިޔާއަށްވުރެ ގިނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.