Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ސައީދު ވަކިކުރަން އުޅޭކަން އެނގިފައެއް ނެތް: މަބްރޫކް

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވިފައިވާ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު މަގާމުން ދުރުކުރުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ނިންމެވިކަން އެނގިފައި ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ފެނަކަ އެމްޑީޕީ ސައީދު މަގާމުން ދުރުކުރަން ރައީސް ނިންމާފައިވާކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯތް ކޮށްފައެވެ.

އެކަމާ ގުޅިގެން "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ސްޕޯކްސްޕާސަން މަބްރޫކް ވިދާޅުވީ އެފަދަ ނިންމުމެއް ނިންމަފައިވާކަން އެނގިފައި ނުވާކަމަށެވެ.

ފެނަކައިގެ ގިނަ މައްސަލަތަކެއް އޭސީސިއަށް ހުށަހަޅާފައިވާއިރު ސައީދު ވަނީ އެ ފަދަ މައްސަލަތައް ހުށަހަޅަކީ ސިޔާސީ ގޮތުން ކަމަށް ވިދާޅުވެ އެކަންކަމަށް ރައްދުދެއްވާފައެވެ. މިފަހުން ވެސް ވަނި ފުވައްމުލަކުގެ ނަރުދަމާގެ ނިޒާމުގެ މަސައްކަތަށް ކަމުގައި ބުނެ ފެނަކައިން ގަނެފައިވާ 500 ހޮޅި ގަތުމާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއްވެސް އޭސީސީއަސް ހުށަހަޅާފައެވެ.