Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އިޒްރޭލުގެ އާ ސަރުކާރަށް ތިން ދުވަސް، ޣައްޒާއަށް ބޮން އަޅައިފި

Explosions light-up the night sky above buildings in Gaza City as Israeli forces shell the Palestinian enclave, early on June 16, 2021. (Photo by MAHMUD HAMS / AFP)

އިޒްރޭލުގެ އާ ސަރުކާރު ހަވާލުވިތާ މާ ގިނަ ދުވަސްތަކެއް ނުވެ ޣައްޒާގެ އެކި ހިސާބުތަކަށް ބޮން އަޅައިފިއެވެ.

އިޒްރޭލުން ޣައްޒާގެ އެކި ހިސާބުތަކަށް ބޮން އަޅާފައިވަނީ ފަލަސްތީންގެ ގްރޫޕްތަކުން ދެކުނު އިޒްރޭލަށް އަމާޒުކޮށް އިންސެންޑިއަރީ ބެލޫން ހަމަލާތަކެއް ދިނުމާގުޅިގެންނެވެ.

ރޭގެ ހަމަލާތަކުގައި އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް އަދި ކޮށްފައެއް ނުވެއެވެ.

އިއްޔަ ގުދުސްގައި ފަލަސްތީން މީހުން ދިރިއުޅޭ ހިސާބުގައި ޔަހޫދީން މަގުތަކަށް ނުކުމެ ވަނީ އިޒްރޭލް ދިދަ ހިފައިގެން ހިނގާލުން ވެސް ބާއްވައިފައެވެ. އަދި މި ހިނގާލުން ބާއްވައިފިނަމަ ހަމަލާ ދޭނެކަމުގެ އިންޒާރު މީގެކުރިން ހަމާސްއިން ދީފައިވެއެވެ. އަދި ހިނގާލުން ކުރިއަށް ގެންދިޔަ ވަގުތު އެ ހިނގާލުމާ ދެކޮޅަށް އަޑުއުފުލަން ނިކުތް ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުގެ ފުލުހުން ބާރުގެ ބޭނުން ކުރުމުން ގިނަ ބަޔަކަށް އަނިޔާވެފައިވެއެވެ. އިޒްރޭލުން ކުރިއަށްގެންދާ މި ހިނގާލުމަކީ އެމީހުން ފަލަސްތީންގެ ބިންތަކަށް 1967 ވަނަ އަހަރު ވެރިވެގަތުން ފާހަގަކުރުމަށް ބާއްވާ ހިނގާލުމެކެވެ.

އިޒްރޭލުން ޣައްޒާއަށް ރޭ ބޮން އަޅާފައިވާއިރު، އިޒްރޭލުން ވަނީ ފަލަސްތީނަށް ހުއްޓުމެއްނެތި 11 ދުވަހު ހަމަލާ ދީފައެވެ. މިހަމަލާތަކުގައި އެތައް ސަތޭކަ ފަލަސްތީން ރައްޔިތުން ޝަހީދު ވެފައިވެއެވެ.