Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އާޓިފިޝަލް ބީޗްގައި ހަދާ ރޭމްޕްގެ މަސައްކަތް ނިމިއްޖެ

އާޓިފިޝަލް ބީޝްގައި ހަދާ ރޭޕްގެ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މުޖުތަމަޢުގައި ދިރިއުޅޭ ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކުރެވިގެން ހެދިގޮނޑުދޮށުގައި ރޭމްޕް ހެދުމުގެ މަޝްރޫއު ގެ މަސައްކަތް 13 ޖޫން 2021 ވަނަ ދުވަހު ނިމިފައިވާކަމަށެވެ.

މި މަޝްރޫއަކީ އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެއްކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން، 48.24 އަކަ މީޓަރުގެ ވޯކްވޭއަކާއި ރޭމްޕެއް ހެދުމާއި، ޗޭންޖިންގ ހޮއިސްޓެއް ހެދުމާއި، ޝޭޑިންގް ހަޓެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.