Last Updated: March 29, 13:51
Friday, March 29, 2024
ޚަބަރު

މަސްތުގެ ހާލަތުގައި ހުރި މީހަކު އަނެއްކާވެސް މިސްކިތަކުން ހައްޔަރުކޮށްފި

މީގެ ކުރިން ވިޔަފާރިވެރިންގެ މިސްކިތުގައި މަސްތުގެ ހާލަތުގައި ތިބި ބަޔަކު--

އަނެއްކާވެސް ވިޔަފާރިވެރިންގެ މިސްކިތުގައި މަސްތުގެ ހާލަތުގައި ހުރި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އަމީނީ މަގުގައި ހުންނަ ވިޔަފާރިވެރިންގެ މިސްކިތް ތެރޭ މަސްތުގެ ހާލުގައި ހުރި ކަމަށް ތުހުމަތުވި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެމީހާ ހައްޔަރު ކޮށްފައި ވަނީ ރޭ ދަންވަރު 1:35 އެހާކަންހާއިރު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. މިސްކިތް ތެރެއިން ހައްޔަރު ކޮށްފައި ވަނީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވެސް ވިޔަފާރިވެރިންގެ މިސްކިތުން މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފައިވެ އެވެ. އަދި ވިޔަފާރިވެރިންގެ މިސްކިތުގައި މަސްތުގެ ހާލަތުގައި ތިބި ބަޔެއްގެ ފޮޓޯވެސް ސޯޝަލްމީޑިއާގައި އާންމުވެފައިވެވެ.