Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ހިންނަވަރު ބަނދަރު މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް

ޅ. ހިންނަވަރު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ބާރަށް ކުރިއަށްދާކަން އެމްޓިސީސީން ހާމަކޮށްފިއެވެ.

އެމްޓިސީސީން ބުނެފައިވަނީ ޅ. ހިންނަވަރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް އެލް ބްލޮކްތައް ކ. ތިލަފުށިން ޅ. ހިންނަވަރަށް ލޯޑު ކުރެވިފައިވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65,170.76 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 421 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 123.9 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 170.55 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އަދި މި މަޝްރޫޢަކީ 99.52 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.