Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

އިންކުއަރީއަށް ގަވަރުނަރު އަދި އެފްއައިޔޫގެ ހެޑު ހާޒިރުވެއްޖެ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް މަޖިލީހުން ކުރިއަށްގެންދާ ޕާލިމެންޓަރީ އިންކުއަރީއަށް ގަވަރުނަރު އަލީ ހާޝިމް އަދި ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓްގެ ހެޑް ހާޒިރުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން ބުނެފައިވަނީ، ޕާލަމެންޓަރީ އިންކުއައިރީގައި އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމްއާއި ޑެޕިއުޓީ ގަވަރުނަރު އަދި ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓްގެ ހެޑްއާ ސުވާލުކޮށްފައިވާކަމަށެވެ.

މި އިންކުއަރިއަސް މިހާތަނަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، ޑިރެކްޓަރ ޖެނެރަލް، ކައުންޓަރ ޓެރަރިޒަމް ސެންޓަރ، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ފުލުހުންގެ ޑިރެކްޓަރ ކައުންޓަރ ޓެރަރިޒަމް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއިލް ހާޒިރުވެ ސުވާލުތަކަށް ޖަވާބު ދީފައިވެއެވެ. އަދި ވަކިވަކި އިތުރު ސިފައިންވެސް ހާޒިރުވެފައިވެއެވެ. އަދި ރައީސް ނަޝީދުގެ ބޮޑީގާޑުންވެސް ހާޒިރުވެފައިވެއެވެ.

މީގެ އިތުރުން މާލެސިޓީ ކުރީގެ މޭޔަރު ޝިފާ މުހައްމަދާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްވެސް އިންކުއަރީއަށް ވަނީ ހާޒިރުވެފައެވެ.

އިންކުއަރީއާ ގުޅޭގޮތުން 241 ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އިންކުއަރީ ކުރިއަށްދަނީ ރަނގަޅަށް ކަމަށާއި، ހުރިހާ ފަރާތްތަކެއްވެސް އެއްބާރުލުން ލިބޭ ކަމަށެވެ. އަދި މިމަހުގެ ފަހު ހަފްތާއަށް އިންކުއަރީ ނިންމާލާ ރިޕޯޓް ތައްޔާރުކުރެވޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް އަސްލަމް ވިދާޅުވިއެވެ.